ތޮއްޑޫގެ ރައްޔިތުން ވިސްނާ ހޭލާކަށް ނުވޭތޯއެވެ؟
![]() |
ތޮއްޑޫގައި ރޯދައަށް ކަރާހައްދާފައި |
ކުލަބް
ޖަމިއްޔާތައް ހިންގުމާއި އަޅުގަނޑު
އެއްވެސް އިރެއްގައި ދެކޮޅެއްނޫނެވެ.
ކުލަބް
ޖަމިއްޔާތަކަކީ އޭގެ ޒާތުގައި ރަށަށް
ކުރި އެރުމާއި ތަރައްޤީ ގެނެސްދޭނެ
އެއްވަޞީލަތެވެ. ނަމަވެސް
އަޅުގަނޑު މެންގެ ރަށުގައި ކަންހިގަމުން
ގޮސްފައި އަދި މިހާރުވެސް ހިނގަމުންދަނީ
ކުލަބު ޖަމިއްޔާތަކުގެ ރޫޚާއި މަޤްޞަދު
ޙާޞިލްވާގޮތައް ނޫންކަން ހިތާމައާއި
އެކު ދަންނަވަން ޖެހެއެވެ.
ކުލަބު
ޖަމިއްޔާތަކުގެ އަހަރީ ރިޕޯޓެއް، ފައިސާ
ލިބޭވަރެއް ނުވަތަ ފައިސާ ޚަރަދު
ވާވަރެއްވެސް އިނގޭކަށް ނޯވެއެވެ.
ނުވިތާކަށް
ކުލަބުތަކުގެ ފައިސާއާއި ބެހޭ އެއްވެސް
ލިޔެކިޔުމެއް ފެންނަން ނޯންނަކަމީ އެއްމެ
އަޖައިބުވާ އެއްކަންތަކެވެ.
މީގެއިތުރުން
އަޅުގަނޑުމެން ކިރިޔާ ހަނދާން ހުންނަ
އިރު އެއްބަޔަކު އަނެއްބަޔެއްގެ
ކުލަބްގޭގައި ހުޅުޖަހާ ރޯކޮށް ހަދާފައިވެސް
އެބަ ހުއްޓެވެ. ހަމަ
މިޔާއި އެކު މިނިވަންދިވެހި ރާއްޖެ ސާފު
ދިވެހިރާއްޖެ ޕްރޮގުރާމްގެ ދަށުން ރަށް
ސާފުކުރަމުން ދިޔައިރު އެއް އަވަށުން
ސާފު ކުރާކުނި އަނެއް އަވަށަށް އަޅައި
އެންމެ ފަހުން މައްސަލަ ގޯސްވެ ގޭގެ
ދޮރުމައްޗައް ކުނި އުކާފައިވާކަމީ
މާޒީގައި ހިނގާފައިވާ ވަރަށްވެސް
ހިތާމަހުރިކަންކަމެވެ.
ރަށުގައި
އޭރު ފިތުނަ އޮތްވަރު މިސްކިތްތަކުން
ވެސް އިނގޭނެއެވެ. ދެ
އަވަށު މީހުން މިސްކިތުގެ ދެފަޅީގައި
ތިބުމަކީ ވަރަށް ފަހަކާއި ޖެހެންދެންވެސް
އަޅުގަނޑުމެންގެ ލޯމަތިން ފެންނަމުން
ދިޔަ މަންޒަރެކެވެ. މިނޫންވެސް
ކިތަންމެ ކަމެއް ހިނގާފައި އެބަހުއްޓެވެ.
ދެކުނު އަވަށު ކުލަބްގޭގައި ޝޯއެއް ކުރިޔަށް ދަނީ. ކުލަބު ތައް ބޮޑަށް މައްޝޫރުވެފައިވަނީ ކުޅިވަރުކުޅޭ ތަންތަން ގޮތުގައި. |
![]() |
އުތުރު އަވަށު އިންޖީނުގެ. ކަރަންޓްކެނޑުމަކީ ވަރަށް އާންމު މައްސަލައެއް. |
![]() |
އުތުރު އަވަށު ކުލަބްގެ. ކުލަބްތަކުގެ ހިންގުން ޚަރުދަނާކުރަން ޖެހޭ. |
![]() |
ސްކޫލް ޕްރިންސިޕަލް ބަދަލު ކުރުމާއި ގުޅިގެން ބެލެނިވެރިން ހަޅުތާލު ކުރަނީ. |
މިއަދު މިވަނީ ޒަމާން ބަދަލުވެފައެވެ. ކުލަބްފޯރި މިހާރު އިހުވަރެއްނޫނެވެ. ނަމަވެސް ކުލަބް ފޯރި މަޑުވެލި އިރު މިއަދު މިވަނީ މުޅިން އާ ފޯރި އެއް ފެށިފައެވެ. އާދެ ސިޔާސީ ޕާޓީގެ ފޯރިއެވެ. ނަމަވެސް ފެންނަމުންދަނީ ހަމަ އެއްމަންޒަރެކެވެ. މުސްކުޅިންބުނެ އުޅެއެންނުންތޯއެވެ. އަލަގަހަކުން ކެޔޮނިރެއްނުފަޅާނެއެވެ. ވީވެސް އެހެންނެވެ. ބޮޑު ދެޕާޓީއަށް ރަށުގެ ރައްޔިތުން ބެހިއްޖެވެ. ޕާޓީ ލޯބީގައި މީހުން މިހާރު ވަޖިދުވަނީއެވެ. ކުރިން ކުލަބް ލޯބީގައި މަރުދިންގޮތަށެވެ. ކޮންމެ ބަޔަކުވެސް ދައްކަނީ ރަށުގެ ތަރައްޤީއަށް ކަންކަން ކުރާވާހަކައެވެ. ނަމަވެސް އެއްވެސް ބަޔަކަށް އަނެއްބަޔަކު ކުރާރަނގަޅު ކަމެއް ނެތެވެ. ވެގެންވަންޔާ ކޮންމެބަޔަކުވެސް ބަލަނީ އަނެއްބަޔަކަށް ޖެއްސުމެއްކުރެވޭތޯއެވެ. ނުވަތަ އެއްބަޔަކު ކުރަން އުޅޭކަމެއް އަނެއްބަޔަކު ހުއްޓުވޭތޯއެވެ. އެއީ ރަށަށް ކިތަންމެ ފައިދާ ކުރަނިވި ކަމެއް ވިޔަސްމެއެވެ.
މާޒީން
އިބުރަތްލިބިގަނެ އަޅުގަނޑުމެން ހޭލާކަށް
ނުވޭތޯއެވެ؟ ކުރިއަރައި ތަރައްޤީވެފައިވާ
ރައްރަށް ނަމޫނާއަކަށް ބަލައިގެން ކުރީގެ
ބޯދާ ހިޔާލު ދޫކޮށްލާކަށް ނުވޭތޯއެވެ؟
ފިތުނަވެރިކަން ދޫކޮށްލާފައި އެންމެން
އަތް ގުޅާލައިގެން ރަށުގެ ޙައްޤުގައި
އަދި ދަރިންގެ ހައްޤުގައި ނުކުންނާކަށް
ނުވޭތޯއެވެ؟ ފަނާކުރަނިވި ވާދަވެރިކަން
ދޫކޮށްލުމަށް ފަހު ބިނާކުރަނިވި
ވާދަކުރުމަށް ބަދަލުވާކަށްނުވޭތޯއެވެ؟
ރަށަށް ތަރައްޤީ ގެނެވޭނީ އޭރުންނެވެ.
އޭރުން
އަޅުގަނޑުމެން
އެންމެން ބޭނުންވާފަދަ ތަރައްޤީއާއި
ކުރިއެރުން މިރަށުން ފެންނާނެކަމީ
އެއްވެސް ޝައްކެއް އޮތްކަމެއްނޫނެވެ.
No comments:
Post a Comment
feel free to leave a comment