ތޮއްޑޫ
އަށް ދިމާވެފައިވާ އެންމެ ބޮޑު
އެއްމައްސަލަ!!!!
 |
ތޮއްޑޫގެ މޫނުމަތި |
ކޮންމެ
ރަށަކީ ވެސް އެރަށެއްގެ ޒާތުގައި
މައްސަލަތައް ފުނިޖެހިފައިވާ ރަށެކެވެ.
ހަމަ އެގޮތަށް އއ.ތޮއްޑޫގައިވެސް
މިކަހަލަ އެތައް މައްސަލަތަކެއް
އެބަހުއްޓެވެ. ނަމަވެސް
މިހުރިހާ މައްސަލަތަކަކުންވެސް
ހުނިޖަހާލާފައި ނެގޭނެވަރުގެ ބޮޑު
މައްސަލައެއް އެބަ އޮތެވެ. ދަންނަވަން
މިއުޅެނީ ކުނި ނައްތާލުމުގެ ވާހަކައެވެ.
ޒަމާނުއްސުރެން މިރަށަކީ
ކުނި ގޮނޑެއްވެސް އޮންނަ ރަށެއް ނޫނެވެ.
ރަށުގެ ރައްޔިތުންގެ އާދައަކަށް
ވެފައި އޮންނަނީ އެއިރަކު ޖެހުނު ތާކަށް
ކުނި އެޅުމެވެ. ބައެއްފަހަރު
މޫދަށެވެ. އަނެއްބައި
ފަހަރު އަތިރި މައްޗަށެވެ. ނުވަތަ
ރަށުގެ އެހެންކޮންމެވެސް ތަނަކަށެވެ.
ނަތީޖާއެއްގެ ގޮތުން މުޅި
ރަށް މިއަދު މިވަނީ ގޮނޑުވެ ނިމިފައެވެ.
މި ނުރައްކާތެރި އަދި ސީރިޔަސް
މައްސަލައިން މިރަށް ސަލާމަތް ކުރެވޭނީ
ރަށުގެ ރައްޔިތުންނާއި ވެރިން
އަތުގުޅާލައިގެންބޮޑެތި މަސައްކަތްތަކެއް
ކޮށްގެންނެވެ. މިހާރަށް
ވުރެންބޮޑަށް ހޭލުންތެރިވެގެންނެވެ.
 |
ތޮއްޑޫ ބަނދަރަށް ކުނި އަޅާފައި |
ކުނި
ނައްތާލަން ޖެހެނީ ކީއްވެގެން ހެއްޔެވެ؟
ކުންޔަކީ އޭގެ ސަބަބުން ތަފާތު އެތައް
އުނދަގޫތަކާއި އެތަކެއް ގިނަގުނަ ބަލި
ފެތުރުމަށް މެދުވެރިވާ މައިގަނޑު
އެއްސަބަބެވެ. އަދި
އަޅުގަނޑުމެންގެ ވެށި ކިލަނބު ކޮށްލާ
ނަޖިސްކޮއްލާ މައިގަނޑު ވަސީލަތެވެ.
ނުތާހިރުވުމުގެ ސަބަބުން
ނުވަތަ ކުނި ބުނި ގިނަވުމުގެ ސަބަބުން
ތަފާތު އެތަކެއް ޖަރާސީމެއް އުފެދި
ތަފާތު ބާވަތުގެ ރޯގާތައް ފެތުރެން
ދިމާވާކަމީ އަޅުގަނޑުމެން އެންމެން
މިއަދު ދަންނަ ހަޤީގަތެކެވެ. މީގެ
ތެރޭގައި ހުން އައުމާއި، އަރިދަފުސް
ރޯގާ، ބޭރަށް ހިންގުން އަދި ތަފާތު ހަމުގެ
ބަލިތައް ހިމެނެއެވެ. މީގެ
އިތުރުން ކުނި އެންދުމުގެ ސަބަބުން
ޖައްވު ނުސާފުވުމާއި ހޫނުވުން އަދި
ދުމުގެ އަޞަރު ކޮށް ފުއްޕާމެޔަށް ތަފާތު
އެތަކެއް ބަލިތައް ޖެހުމުގެ ފުރުޞަތު
ބޮޑެވެ. މީގެ ތެރޭގައި
ފުއްޕާމޭގެ ކެންސަރު ވެސް ހިމެނޭ ކަމީ
ކަންބޮޑުވާން ޖެހޭ ކަމެކެވެ.
 |
އެހެންރަށެއްގައި ކުނި އެންދުމުގެ މަސައްކަތް ކުރާގޮތް |
 |
ތޮއްޑޫ ކުނިގޮނޑުގައި ކުނި އަންދާ މަންޒަރު |
ރަށްފުށުގައި
އުފެދޭ ކުނި މައިގަނޑު ގޮތެއްގައި 3
ބަޔަކަށް ބަހާލެވިދާނެއެވެ.
އާންމުގޮތެއްގައި ރަށްފުށުގައި
އުފެދޭ ކުނި ބަހާލެވިދާނެ ބައިތަކުގެ
ތެރޭގައި އާންމު ކުނި )މީގެ
ތެރޭގައި ގަސްގަހުގެ ފަތް، ކަރުދާސް (
ގިނަދުވަހުން ފަނާވެދާ ކުނި
)މީގެ ތެރޭގައި ފުޅި،
ދަޅު، ދަގަނޑު ( އަދި
ކުނިވާ ޒާތުގެ ކުނި ) މީގެ
ތެރޭގައި ފުޅަބަތް، ކިރުފެލިހުނި، މޭވާ،
ތަރުކާރީ، މަސްކަށި( ހިމެނެއެވެ.
މިދެންނެވުނު ތިންބާވަތުގެ
ތެރެއިން އާންމު ކުނި އަޅުގަނޑު މެންނަށް
އަލުން ގަސްކާނާގެ ގޮތުގައި ބޭނުންވެސް
ކުރެވިދާނެއެވެ. ވަކިން
ޚާއްޞްކޮށް މިރަށަކީ ދަނޑު ވެރި
ރަށަކަށްވުމާއެކު މީގެން މަންފާއެއް
ހޯދިދާނެއެވެ. ދިގު
މުއްދަތަކުން ފަނާވެ ދާކުނީގެ ތެރޭގައި
ހިމެނޭ މައުދަނުގެ ބާވަތްތައް ވަކި ކޮށް
ނަގައި އަލުން ބޭނުން ކުރުމަށް ރިސައިކަލް
ކުރެވިދާނެއެވެ. ނުވަތަ
ދަގަނޑު ގަންނަ ބަޔަކަށް ވިއްކައިގެން
ލިބޭ މަންފާއަކުން ކުނި ގޮނޑު ތަރައްޤީވެސް
ކުރެވިދާނެއެވެ. އަދި
ފުޅަ ކާތަކެތި މޫދަށް އުކާލުމަކުން
ނުވަތަ ވަޅުލުމަކުން މައްސަލައެއް
ނެތެވެ. ނަމަވެސް މިކަމުގައި
ސަމާލުކަން ދޭންވީ ކަމަކީ ފުޅަކާތަކެތި
މޫދައް އުކާލުމުގައި އެއްގޮތަކަށް ވެސް
ޕްލާސްޓިކް ކޮތަޅުގައި އުކާނުލުމެވެ.
ނަމަވެސް މިރަށު ރައްޔިތުންނަށް
އާދަވެފައި އޮތީ ޕްލާސްޓިކް ކޮތަޅުގައި
ކުނި ކާތަކެތި އެއްލައިލުމެވެ.
ޕްލާސްޓިކް ކޮތަޅަކީ
ތިމާވެއްޓަށް ހުރި ބޮޑު ނުރައްކަލެކެވެ.
 |
ތޮއްޑޫ ކުނިގޮނޑު ގައި ދަގަނޑު ވަކި ކޮށްފައި |
ރަށުގެ
ކައުންސިލް އިދާރާއިން މިއަދު މިވަނީ
ކޮންމެވެސް ސިފައެއްގައި ކުނި ކޮއްޓެއް
ހަދާފައެވެ. ފަށައިގަންނައިރު
އެންމެ ފުރިހަމަ ނުވާނެކަން ޤަބޫލު
ކުރަމެވެ. ނަމަވެސް ޤަބޫލު
ކުރަން ޖެހޭ ހަޤީގަތަކީ މިރަށުގެ ކުނި
ކޮށީގައި އެއްވެސް ކަހަލަ އިންފާރެއް
ނެތް ކަމެވެ. ކުނިކޮށި
ވަކި ކޮށް ފާހަގަ ނުކުރެވިގެން އުޅެނިކޮށް
މިހާރު މިވަނީ ގަސް ފަޅާބޯވެފައެވެ.
ކުނިކޮށި ތަރައްޤީ ކޮށް
އާންމުންނަށް ލުއިފަސޭހަ ވާނެ ގޮތަކަށް
ކުނި ކޮށި އިންތިޒާމު ކުރެވިފައެއްނެތެވެ.
އަޅުގަނޑުގެ ނަޒަރުގައި ކޮނި
ކޮށި އެޔައްވުރެން ރަނގަޅުކުރެވެނެ
ޖެހޭނެއެވެ. ކުނި އަޅާ
ސަރަހައްދު ވަކި ކޮށްލުމަށް ހަމަ އެކަނި
ކަންވާރަކުން ނުވަތަ ނަނުގަނޑަކުން
އިންދަމާލުމަކީ ގަބޫލު ކުރެވޭނެ
ކަމެއްނޫނެވެ. ވަރަށް
ފަހަކާ ޖެހެންދެންވެސް ކުނިގޮނޑުގައިވެސް
ކުނި އަޅަމުން ގެންދިިޔައީ މޫދަށެވެ.
އަދި ކުނި ގޮނޑުގައި ތަފާތު
ބާވަތް ބާވަތުގެ ކުނި އެޅުމަށް ޚާއްޞަ
ސަރަހައްދު ތަކެއް ކަނޑަ އެޅުނު
ކަމުގައިވިޔަސް މީހާރު އޭގެ ތެރެއިން
ބައެއްބޯޑުތައް ވެއްޓި އަދި އަނެއްބައި
ބޯޑްތައް ކިޔަން ނޭނގޭހާ ފަނޑުވެއްޖެއެވެ.
 |
ތޮއްޑޫގެ ކުނިގޮނޑު |
 |
ރާއްޖޭގެ އެހެން ރަށެއްގެ ކުނިގޮނޑު |
ކުނިގޮނޑުގެ
ޝަކުވާ މިހާ ބޮޑުވެފައިވާއިރު ކައުންސިލް
އިދާރާއިން މިކަމަށް ޚާއްޞަ
އަހަންމިއްޔަތުކަމެއްދީގެން މިމައްސަލައަށް
ހައްލެއް ހޯދުމަށް ގޮވާލަމެވެ.
ސަރުކާރުން ނުވަތަ އެހެންވެސް
އެހީދޭ ޖަމާއަތަކުން ލިބޭނެކަމަށް ބުނާ
"ޕްރޮޖެކްޓެއް"
ގެ އިންތިޒާރުގައި ނުތިބެ
ރަށުފެންވަރުގައި ވެސް މިކަމަށް އެކަށޭނެ
ހައްލެއް ހޯދަން މަސައްކަތް ފަށަންވެއްޖެއެވެ.
މާލޭގެ އެއްވެސް ފިހާރައަކުން
ނުލިބުނު "ނަރުދާ"
ގެ އިންތިޒާރުގައި ތިބުމުގެ
ބަދަލުގައި ސިމެންތި ފާރެއްނަމަވެސް
ލައިގެން ކުނިކޮށީގެ އިންފާރުވަކިކުރަން
އެބަ ޖެހެއެވެ. ރައްޔިތުންގެ
ހޭލުންތެރިކަންވެސް އިތުރުކުރެވިދާނެއެވެ.
ނަމަވެސް ފުރަތަމަ ބަލަންވީ
ކުނިއުކާލާނެ ރަނގަޅު ކުނިގޮނޑެއް
ހެދޭތޯއެވެ. އޭރަށް
ރައްޔިތުންގެ ނަޒަރުވެސް އެދިމާލަށް
މަޑުމަދުން ނަމަވެސް ބަދަލުވާނެއެވެ.
ތޮއްޑޫއަށް ދިމާވެފައިވާ
ކުނީގެ މައްސަލަވެސް ހައްލު ކުރެވިދާނެއެވެ.
No comments:
Post a Comment
feel free to leave a comment